ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ކުޅިވަރު

ތުޅާ ފުޓްބޯޅަ މުބާރާތް: ފައިނަލުގެ ފުރަތަމަ ޖާގަ ކުލަބު ތޮޅިހެލޭއަށް

ތުޅާ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު އެފްސީ ބިއްލޫރިއާއި ކުލަބް ތޮޅިހެލޭގެ މެޗު، 2 ލަނޑު 1 ލަނޑުން ކުލަބް ތޮޅިހެލޭ ކާމިޔާބުކޮށް، މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކުލަބު ތޮޅިހެލޭއިން ކަށަވަރުކޮށްފިއެވެ.

ފޯރިގަދަ މި މެޗުގެ ފުރަތަމަ ލަނޑު ކުލަބް ތޮޅިހެލޭއަށް ކާމިޔާބުކޮށްދިނީ މެޗު ފެށިގެން 17ވަނަ މިނެޓުގައި އެ ޓީމުގެ ޖާޒީ ނަންބަރު 5 އިބްރާހީމް ރަފާހެވެ. އޭގެފަހުން، މެޗުގެ 43ވަނަ މިނިޓުގައި ކުލަބް ތޮޅިހެލޭގެ ދެވަނަ ލަނޑު ޖަހައިދިނީ އެ ޓީމުގެ 11 ނަންބަރު މައިސާން މުޙައްމަދު ނަސީރެވެ. މި ލަނޑާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ ކުލަބް ތޮޅިހެލޭ 2-0 ގެ ނަތީޖާއަކުން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި އެފްސީ ބިއްލޫރިން ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްކުރަމުން ދަނިކޮށް، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެ ޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ފަހަތަށް ކުޅޭ ޖާޒީ ނަންބަރު 4، ޝަމްވީލް މުޙައްމަދެވެ. މެޗު ނިމިގެން ދިޔައީ ކުލަބް ތޮޅިހެލޭ 2-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުލަބް ތޮޅިހެލޭގެ ފުރަތަމަ ލަނޑު ޖަހައި، މޮޅު ކުޅުމެއް ދެއްކި ޖާޒީ ނަންބަރު 5 އިބްރާހީމް ރަފާހެވެ.

your imageމިއަދު ކުޅެވުނު މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނު އިބްރާހީމް ރަފާހު ޓްރޮފީއާ ހަވާލުވަނީ

މި މުބާރާތުގެ ސެމީ ފައިނަލްގެ ދެވަނަ މެޗު މާދަމާ ކުޅެވޭނެއެވެ. މި މެޗުގައި ބައްދަލުކުރާނީ ޓާގެޓް ފުޓްބޯޅަ ޓީމާއި ދެކުނު ކަންމަތި ޓީމެވެ. މި ދެ ޓީމުގެ ތެރެއިން މޮޅުވާ ޓީމަށް ފައިނަލުގައި ކުލަބް ތޮޅިހެލޭއާ ބައްދަލުކުރަން ފުރުސަތު ލިބޭނެއެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ދާއޫދުބެގެ ދެމަފިރީންގެ ދީލަތި ދަތުރު
14 hours ago 0 Comments
ގާޒީ އުސްމާނު : އާއިލީގުޅުމުގެ ނަމޫނާ
1 week ago 0 Comments
ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދެކުނުކަންމަތިން ހޯދައިފި
2 weeks ago 0 Comments
ތުޅާދޫ ޔަންގް އީގަލް – ހޭންޑްބޯޅައިގެ އެހީތެރިޔާ
2 weeks ago 0 Comments