ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ޚަބަރު - ރާއްޖެ

ތުޅާދޫ ސްޕޯޓްސް ކުލަބުން ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގައި ބައިވެރިވަނީ

މި އަހަރު އޮންނަ ޤުރުއާން ކިޔެވުމުގެ 37ވަނަ ގައުމީ މުބާރާތުގައި ތުޅާދޫ ސްޕޯޓްސް ކުލަބުން ބައިވެރިވާން ނިންމައިފިއެވެ.

ކުލަބުން މި ގޮތަށް ނިންމީ މިއަހަރު ކުލަބު ޖަމިއްޔާތަކުން ބައިވެރިވުމުގެ ފުރުޞަތު އޮތުމާއެކު ތުޅާދޫގެ ގިނަ ބަޔަކަށް އެ ފުރުޞަތު ހޯދައިދިނުމުގެ މަގުސަދުގައެވެ. މި ކުލަބުންވަނީ މި ދިޔަ އަހަރު ވެސް ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގައި ބައިވެރިވެފައެވެ. 

މި އަހަރުގެ ސެޕްޓެންބަރު މަހުގެ 18ވަނަ ދުވަހު ފެށުމަށް ހަމަޖައްސާފައިވާ ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ތުޅާދޫ ރައްޔިތުންނަށް ފަހިކޮށް ދިނުމަށް ޓަކައި އެ ކުލަބުގެ ނަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ކުލަބުން މިހާރު ވަނީ ހުޅުވާލައިފައެވެ.

ކުލަބުގެ ނަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ކުލަބުން ހިއްސާކޮށްފައިވާ ގޫގުލް ފޯމު މި އޮގަސްޓް މަހުގެ 13ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން ފުރިހަމަކުރުމަށް އެ ކުލަބުގެ އެދިފައިވެއެވެ.

https://docs.google.com/forms/d/e/1FAIpQLSe2Cp9E8B5aJTHqtbZmMJ8-jiT4-iUQGutw0cOcSgXGnAR-RA/viewform

ތުޅާދޫ ސްޕޯޓްސް ކުލަބަކީ މެދު ކެނޑުމެއް ނެތި 19 އަހަރު ވަންދެން ތުޅާދޫގައި ގުރުއާން މުބާރާތެއް ބާއްވަމުން އަންނަ ޚިދުމަތްތެރި ކުލަބެކެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ފަރުމަސް މުބާރާތުން ފަޚުރުވެރި 1ވަނަ ތުޅާދޫ ދޮން އިސްމާޢީލް ޓީމަށް
1 month ago 1 Comments
ޕީޓީއޭ މަސައްކަތު ދުވަސް- ފަސް ގަޑިއިރުން 61 ހާސް ރުފިޔާ
1 month ago 0 Comments
މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފައިސާ ޓްރާންސްފަރ ކުރެވޭނެތަ؟
1 month ago 0 Comments
ތުޅާދޫ ސްކޫލުގެ ޕީޓީއޭއިން މަސައްކަތު ދުވަހެއް ފާހަގަކުރަނީ
1 month ago 0 Comments