ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ކުޅިވަރު

ނަން މަޝްހޫރު ގިނަ ކުޅުންތެރިންނާ އެކު ނިކުތް އަލްސްޓްރައިކަރ، ޓާގެޓް އަތްދަށުވެ މުބާރާތުން ކަޓައިފި

ތުޅާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި، ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކަކާ އެކު ނިކުތް އަލްސްޓްރައިކަރ ފުޓްބޯޅަ ޓީމް، ޓާގެޓް ފުޓްބޯޅަ ޓީމާ ދެކޮޅަށް ކުޅުނު މެޗުން 4 ލަނޑު 0 ލަނޑުން ބަލިވެ، މުބާރާތުން ކަޓައިފިއެވެ.

މި މޮޅާއެކު ޓާގެޓް ފުޓްބޯޅަ ޓީމް ވަނީ ސެމީ ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފައެވެ.

މިއަދު ހަވީރު ކުޅުނު މި މެޗު ފެށިގެން 12ވަނަ މިނެޓުގައި މެދުރޮނގާ ކައިރިން ލިބުނު ސެޓްޕީސްއަކުން ޓާގެޓްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ޖާޒީ ނަންބަރު 9 ޢަބްދުﷲ ތަޙްސީންއެވެ.

ޓާގެޓްގެ ލީޑު ފުޅާކުރަމުން ދިޔަ އިރު، މެޗުގެ 21 ވަނަ މިނެޓްގައި އެ ޓީމުގެ ދެވަނަ ލަނޑު، ފާސިރުގެ ރީތި ޕާހަކުން  ޖަހައިދިނީ ވެސް 9 ނަންބަރު ތަޙްސީންއެވެ. މި ލަނޑަށް ފަހު ވެސް ޓާގެޓްގެ ހަމަލާތައް އިތުރަށް ވަރުގަދަކުރިއެވެ. ދެ ލަނޑު ޖެހިތާ އެންމެ 3 މިނިޓުތެރޭ، މެޗުގެ 24 ވަނަ މިނެޓްގައި ޓާގެޓުން އެ ޓީމުގެ 3ވަނަ ލަނޑު 21 ނަންބަރު ޢަބްދުﷲ މުޙައްމަދު އެ ޓީމަށް ޖަހައިދިނެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޓާގެޓްގެ 4ވަނަ ލަނޑު ޖަހައިދިނީ 23 ނަންބަރު ކުޅުންތެރިޔާ އިޝާން އިބްރާހީމްއެވެ. މި ލަނޑާއެކު ފުރަތަމަ ހާފު ނިމުނު އިރު ޓާގެޓް ވަނީ 4 ލަނޑުގެ ބޮޑު ލީޑެއް ނަގާފައެވެ.

މެޗުގެ ދެވަނަ ހާފް ނިމިގެންދިޔައީ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ނުޖެހިއެވެ. އަދި މެޗު ނިމިގެން ދިޔައީ 4 ލަނޑު 0 ލަނޑުން ޓާގެޓް ފުޓްބޯޅަ ޓީމު މެޗު ކާމިޔާބުކޮށްގެންނެވެ.

މިއަދުގެ މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ޓާގެޓް ފުޓްބޯޅަ ޓީމަށް 2 ލަނޑު ޖަހައިދިން ޖާޒީ ނަންބަރު 9 ޢަބްދުﷲ ތަޙްސީންއެވެ.

your imageމެޗުގެ މޮޅު ކުޅުންތެރިޔާ ޓްރޮފީއާ ހަވާލުވަނީ / ފޮޓޯ ތުޅާދޫ ކައުންސިލް ފޭސްބުކް ޕޭޖު

މި މުބާރާތުން އެއްވެސް ޕޮއިންޓެއް ނުލިބި އަލްސްޓްރައިކަރ މުބާރާތުން ވަކިވާން ޖެހުނު އިރު އެ ޓީމުގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)އާއި، ސާފްޗެންޕިއަން ޝިޕްގައި ވިދާލި މުޚުތާރު ނަޞީރު (ޓޫކިލޯ) އާއި، ގައުމީ ޓީމަށް ކުޅުނު އިސްމާޢީލް ޢީސާ (މެސީ) އަދި އީގަލްސްއަށް ކުޅުނު އިބްރާހީމް މުބީން (މުއްކި) ފަދަ ރަށުން ބޭރު ތަރިން ވެސް ހިމެނެއެވެ.

މި މުބާރާތުގެ ސެމީ ފައިނަލަށް ދިޔަ 4 ޓީމަކީ ޓާގެޓް ފުޓްބޯޅަ ޓީމް، ދެކުނުކަންމަތި، ކްލަބް ތޮޅިހެލޭ އަދި އެފްސީ ބިއްލޫރިއެވެ. ސެމީ ފައިނަލްގެ އެއް މެޗްގައި ބައްދަލުކުރާނީ ޓާގެޓް ފުޓްބޯޅަ ޓީމާއި ދެކުނު ކަންމަތި ޓީމެވެ. ސެމީފައިނަލްގެ އަނެއް މެޗްގައި ބައްދަލުކުރާނީ ކްލަބް ތޮޅިހެލޭ އާއި އެފްސީ ބިއްލޫރިއެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
100%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ދާއޫދުބެގެ ދެމަފިރީންގެ ދީލަތި ދަތުރު
14 hours ago 0 Comments
ގާޒީ އުސްމާނު : އާއިލީގުޅުމުގެ ނަމޫނާ
1 week ago 0 Comments
ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދެކުނުކަންމަތިން ހޯދައިފި
2 weeks ago 0 Comments
ތުޅާދޫ ޔަންގް އީގަލް – ހޭންޑްބޯޅައިގެ އެހީތެރިޔާ
2 weeks ago 0 Comments