ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ޚަބަރު - ރާއްޖެ
އަބްދުﷲ ރަޝީދު

ތުޅާދޫ ސުކޫލަކީ ދިވެހިރާއްޖެ ފަޚުރުވެރިވާ ފަދަ ދަރީންތަކެއް މި ޤައުމަށް ނެރެދެއްވާފައިވާ ސުކޫލެއް: ސްޓޭޓް މިނިސްޓަރު ޑރ. ޢަބުދުﷲ ރަޝީދު

ތުޅާދޫ ސުކޫލަކީ ދިވެހިރާއްޖެ ފަޚުރުވެރިވާ ފަދަ ދަރީންތަކެއް މި ޤައުމަށް ނެރެދެއްވާ ސުކޫލެއްކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޑރ. ޢަބުދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ. ޑރ. ޢަބުދުﷲ ރަޝީދު މިހެން ވިދާޅުވީ ތުޅާދޫ ސްކޫލަށް 85 އަހަރު ފުރުން ފާހަގަކުރުމަށް މިއަދު އެ ސުކޫލުގައި ބޭއްވި ރަސްމިއްޔާތަށް ވީޑިއޯ މެދުވެރިކޮށް ފޮނުއްވެވި މެސެޖެއްގައެވެ.

ޑރ. ޢަބުދުﷲ ރަޝީދު ވިދާޅުވީ ތުޅާދޫ ސުކޫލަކީ ދިވެހިރާއްޖޭގެ ސުކޫލުތަކުގެ ތެރެއިން ވަރަށް ފާހަގަކޮށްލެވޭ ސުކޫލެއްކަމަށާއި ތުޅާދޫ ސުކޫލުން ދިވެހިރާއްޖެ ފަޚުރުވެރިވާ ފަދަ ދަރިންތަކެއް މިޤައުމަށް ނެރެދެއްވާފައިވާ ކަމަށެވެ.

" ތުޅާދޫ ސުކޫލުން ވަނީ ދިވެހިރާއްޖެ ފަޚުރުވެރިވާ ފަދަ ދަރިންތަކެއް މިޤައުމަށް ނެރެދެއްވާފައި. ވަރަށް ހީވާގި ޓީމަކުން ތުޅާދޫ ސުކޫލު ހިންގުމުގެ މަސައްކަތް ކުރަމުންދާކަން ވަރަށް އުފަލާއެކުގައި ފާހަގަކުރަން. އަޅުގަނޑަށް ތުޅާދޫއަށް ގޮސްފައި ތުޅާދޫގެ ޓީޗަރުންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުޞަތުވަނީ ލިބިފައި. އަޅުގަނޑަށް ފާހަގަ ކުރެވުނު، ތުޅާދޫ ސުކޫލުގެ ޓީމަކީ، ދަރިވަރުންނަށް ޓަކައި ސުކޫލު ކުރިއަށް ގެންދިއުމަށް ވަރަށް ހީވާގި ކަމާއެކުގައި މަސައްކަތް ކުރަމުންދާ ސުކޫލެއްކަން." ޢަބުދުﷲ ރަޝީދު ވިދާޅުވިއެވެ. 

ޢަބުދުﷲ ރަޝީދު އިތުރަށް ވިދާޅުވީ ސުކޫލަކަށް 85 އަހަރު ވެގެންދާއިރު ތަޢުލީމީ މުއައްސަސާއަކަށް ވަރަށް ގިނަ މަސައްކަތްތަކެއް މުޖުތަމަޢަށް ކުރެވިފައި ހުންނާނެކަމަށެވެ.

"މިވޭތުވެދިޔަ ދިގު މާޒީގައި ތުޅާދޫ ސުކޫލަށް ޚިދުމަތްކޮށްދެއްވި، އެންމެހާ ވެރިންނަށް އެންމެހާ މުދައްރިސުންނަށް 85ވަނަ އުފާވެރި އަހަރުގެ ތަހުނިޔާ އާއި މަރުޙަބާ ދަންނަވަން" މެސެޖު ނިންމަވާލައްވަމުން ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.

ތުޅާދޫ ސުކޫލަށް 85 އަހަރު ފުރުން ފާހަގަކުރި ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރާއި ދެ ސްޓޭޓް މިނިސްޓަރަކު ވެސް ވީޑިއޯ ޝުޢޫރު ފާޅުކުރެއްވިއެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
އަދަބީ މުބާރާތްތަކުން ތުޅާދޫއަށް ބޮޑު ކާމިޔާބެއް
1 month ago 0 Comments
ޓާގެޓް ވަން ޑޭ ކަޕްގެ ޗެންޕިއަންކަން އިޓް ހާރޓްސްއަށް
2 months ago 0 Comments
ތުޅާދޫ އިހުގެ ހުކުރު މިސްކިތް ތަޅާލައި އާ މިސްކިތެއްގެ ބިންގާއެޅުން
2 months ago 0 Comments
ގައުމީ ހޭންޑްބޯލް މުބާރާތުގެ ޗެންޕިއަންކަން ތުޅާދޫ ޔަންގް އީގަލްއަށް
2 months ago 0 Comments