ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ކުޅިވަރު

ތުޅާ ފުޓުބޯޅަ މުބާރާތް: އެފްސީ ބިއްލޫރިން މަޝްހޫރު ކުޅުންތެރީންގެ އަލްސްޓްރައިކަރ ބަލިކޮށްފި

ތުޅާދޫ ކައުންސިލުން އިންތިޒާމުކޮށްގެން މިހާރު ކުރިއަށްގެންދާ ތުޅާ ފުޓުބޯޅަ މުބާރާތުގެ ހަތަރުވަނަ މެޗުގައި، ރާއްޖޭގެ މަޝްހޫރު ކުޅުންތެރީން ގިނަ އަލްސްޓްރައިކަރ ޓީމާ ދެކޮޅަށް އެފްސީ ބިއްލޫރި ނުކުމެ، އެއް ލަނޑު ސުން ލަނޑުން މޮޅުވެ، މުބާރާތުގެ އެންމެ ވާދަވެރި އެއް މެޗު ކާމިޔާބު ކޮށްފިއެވެ.

މި މުބާރާތުގައި ވާދަކުރާ އަލްސްޓްރައިކަރ ޓީމަކީ ރާއްޖޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިން އެންމެ ގިނަ ޓީމެވެ. އެ ޓީމުގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)އާއި، ސާފްޗެންޕިއަން ޝިޕްގައި ވިދާލި މުޚުތާރު ނަޞީރު (ޓޫކިލޯ) އާއި، ގައުމީ ޓީމަށް ކުޅުނު އިސްމާޢީލް ޢީސާ (މެސީ) އަދި އީގަލްސްއަށް ކުޅުނު އިބްރާހީމް މުބީން (މުއްކި) ފަދަ ތަރިން ހިމެނޭ ވަރުގަދަ ޓީމެކެވެ. އެހެންކަމުން، މި ދެޓީމު ބައްދަލުކުރި މެޗު ފެނިގެން ދިޔައީ ވަރަށް ވާދަވެރި ކުޅުމެކެވެ.

މި މެޗުގެ ފުރަތަމަ އެގާރާގައި އަލްސްޓްރައިކަރގެ ޓޫކިލޯއާއި މެސީއާއި މުއްކި ވެސް ކުޅެން ނުކުމެފައިވާ އިރު މެޗު ފެށުނު އިރު ދަގަނޑޭ އިނީ ބެންޗުގައެވެ. ދެވަނަ ހާފުގައި މުޚުތާރުގެ ބަދަލުގައި ދަގަނޑޭ ވެސް ކުޅުނު މި މި މެޗުގައި ދެ ޓީމުގެ ފަރާތުން ފެނުނީ ހަމަހަމަ ކުޅުމެކެވެ.

މެޗުގައި ފެނުނު ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފުގެ 67 ވަނަ މިނިޓްގައެވެ. މި ލަނޑު އެފްސީ ބިއްލޫރީގެ ޖާޒީ ނަންބަރު 20، މަޢާދު އަދުނާނު އެ ޓީމަށް ކާމިޔާބުކޮށްދިން އިރު، މި ލަނޑަކީ މެޗުގެ ނަތީޖާ ކަނޑައެޅި ލަނޑެވެ.

your imageމެޗުގެ މޮޅުކުޅުންތެރިޔާ ޝަންވީލު މުހައްމަދު ޓްރޮފީއާ ހަވާލުވަނީ

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްސީ ބިއްލޫރީގެ ޖާޒީ ނަންބަރު 4، ޝަމްވީލް މުޙައްމަދެވެ.

މުބާރާތުގެ ފަސްވަނަ މެޗުގައި މާދަމާ ބައްދަލުކުރާނީ ކްލަބް ތޮޅިހެލޭ އަދި ކަފަމާ ޔުނައިޓެޑްއެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
100%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ދާއޫދުބެގެ ދެމަފިރީންގެ ދީލަތި ދަތުރު
14 hours ago 0 Comments
ގާޒީ އުސްމާނު : އާއިލީގުޅުމުގެ ނަމޫނާ
1 week ago 0 Comments
ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދެކުނުކަންމަތިން ހޯދައިފި
2 weeks ago 0 Comments
ތުޅާދޫ ޔަންގް އީގަލް – ހޭންޑްބޯޅައިގެ އެހީތެރިޔާ
2 weeks ago 0 Comments