ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ކުޅިވަރު

ތުޅާ ފުޓުބޯޅަ މުބާރާތް: ދެކުނު ކަންމަތި ބޮޑު ތަފާތަކުން ކުރި ހޯދައިފި

ތުޅާދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ތުޅާ ފުޓުބޯޅަ މުބާރާތުގެ ތިންވަނަ މެޗުގައި، ދެކުނު ކަންމަތި ޓީމުން ކަފަމާ ޔުނައިޓެޑް ބަލިކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.

މި މެޗު ނިމިފައި ވަނީ ދެކުނު ކަންމަތި 7 ލަނޑު 1 ލަނޑުން ކުރީގައި އޮވެއެވެ.

މެޗު ފެށިގެން 11 ވަނަ މިނެޓްގައި ދެކުނު ކަންމަތި ޓީމުން މެޗްގެ ފުރަތަމަ ލަނޑު އެ ޓީމުގެ ޖާޒީ ނަންބަރު 5 އަޔާޒް އަޙްމަދު ކާމިޔާބުކޮށްދިނެވެ. މެޗުގެ 37 ވަނަ މިނިޓްގައި ދެކުނު ކަންމަތީގެ ޖާޒީ ނަންބަރު 7 ހައްޔާން ހަސަން ހުސައިން އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިދިން އިރު، ފުރަތަމަ ހާފުގެ 43 ވަނަ މިނިޓުގައި ވެސް ޖާޒީ ނަންބަރު 7 ހައްޔާން އެޓީމުގެ 3 ވަނަ ލަނޑު ޖަހައިދިނެވެ. މި ލަނޑުތަކާ އެކު ދެކުނު ކަންމަތިން ވަނީ ފުރަތަމަ ހާފު ނިމުނުއިރު 3-0 ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ދެކުނުކަންމަތީގެ ކުޅުންތެރިއަކަށް ފައުލް ކުރުމުން ކަފަމާ ޔުނައިޓެޑް ގެ ކީޕަރު އުމައިރު އަޙުމަދަށް ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

ދެވަނަ ހާފު ފެށިގެން ދެކުނު ކަންމަތި ޓީމުން އިތުރު ހަތަރު ލަނޑު ކާމިޔާބުކުރި އިރު، އެ ޓީމުގެ 4 ވަނަ ލަނޑު މެޗުގެ 47 ވަނަ މިނިޓްގައި ޖަހައިދިނީ ޖާޒީ ނަންބަރު 26 މުޙައްމަދު ނައުޝާދެވެ. މެޗުގެ 52 ވަނަ މިނިޓުގައި ޖާޒީނަންބަރު 5 އަޔާޒު އަޙުމަދު ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައިދީ، ޓީމުގެ 5 ވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އޭގެ ފަހުން ޖެހިގެން އައި 53 ވަނަ މިނެޓުގައި ދެކުނު ކަންމަތީގެ ޖާޒީނަންބަރު 5 އަޔާޒު އަޙުމަދު އޭނާގެ ތިންވަނަ ލަނޑު ޖަހައި މުބާރާތުގެ ފުރަތަމަ ހެޓްރިކު ހެދިއެވެ. މިއީ އެ ޓީމުގެ 6ވަނަ ލަނޑެވެ.

މެޗުގެ 56ވަނަ މިނެޓުގައި ކަފަމާ ޔުނައިޓެޑްގެ ޖާޒީނަންބަރު 10 އުނައިސް ޒުބައިރު ވަނީ އެ ޓީމުގެ ހަމައެކަނި ލަނޑު ޖަހައިދީފައެވެ. އަދި މެޗުގެ 81ވަނަ މިނިޓުގައި ދެކުނު ކަންމަތީގެ 7ވަނަ ލަނޑު ޖަހައިދިނީ ވެސް އަޔާޒު އަޙްމަދެވެ.

your imageމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އަޔާޒް އަޙްމަދު ޓްރޮފީ ލިބިގަންނަނީ

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ދެކުނުކަންމަތީގެ 4 ލަނޑު ކާމިޔާބު ކޮށްދިން ޖާޒީ ނަންބަރު 5 އަޔާޒް އަޙްމަދެވެ.

މުބާރާތުގެ 4 ވަނަ މެޗުގައި ބައްދަލުކުރާނީ އަލްސްޓްރައިކަރ އާއި އެފްސީ ބިއްލޫރިއެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ދާއޫދުބެގެ ދެމަފިރީންގެ ދީލަތި ދަތުރު
14 hours ago 0 Comments
ގާޒީ އުސްމާނު : އާއިލީގުޅުމުގެ ނަމޫނާ
1 week ago 0 Comments
ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދެކުނުކަންމަތިން ހޯދައިފި
2 weeks ago 0 Comments
ތުޅާދޫ ޔަންގް އީގަލް – ހޭންޑްބޯޅައިގެ އެހީތެރިޔާ
2 weeks ago 0 Comments