ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ޚަބަރު - ރާއްޖެ

ތުޅާދޫ ހައުސިން ޔުނިޓް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކޮށްފި

ބ.ތުޅާދޫން ދޫކުރުމަށް ހަމަޖައްސާފައިވާ 100 ހައުސިން ޔުނިޓަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް އިއްޔެ އާންމު ކޮށްފިއެވެ.

ސަރުކާރުގެ ގެޒެޓްގައި އިއްޔެ އާންމުކުރި ލިސްޓްގައި ކެޓަގަރީ އޭގައި 600އަށް ވުރެ ގިނަ މީހުންގެ ނަން ހިމަނާފައިވާ އިރު އޭގެ ތެރެއިން 80ން މަތިން ޕޮއިންޓް ލިބިފައިވަނީ 3 މީހަކަށެވެ. 75އާއި 79އާ ދެމެދުގެ ޕޮއިންޓް 17 މީހަކަށް ލިބިފައިވާ އިރު 70އާއި 74އާ ދެމެދުގެ ޕޮއިންޓް 51 މީހަކަށް ލިބިފައިވާ ވެއެވެ. އަދި 65އާއި 69އާ ދެމެދުގެ ޕޮއިންޓް 110 މީހަކަށް ލިބިފައި ވެއެވެ. 16 ސަފުހާގެ ލިސްޓްގައި ދެން ތިބި މީހުންނަށް ޕޮއިންޓް ލިބިފައިވަނީ 65ށް ވުރެ ދަށުންނެވެ. މި ކެޓަގަރީން ދިނުމަށް ހަމަޖައްސާފައިވަނީ 92 ހައުސިންގ ޔުނެޓެވެ.

އިއްޔެ އާންމު ކުރި ތުޅާދުއަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ މީހުންގެ ކެޓަގަރީ (ބީ)ގައި 8 ހައުންސިންގ ޔުނިޓް ދިނުމަށް ހަމަޖެހިފައިވާ އިރު 96 މީހަކު އެކަމަށް އެދިފައިވެއެވެ. މި ކެޓަގަރީއަކީ 80އިން މަތިން ޕޮއިންޓް ލިބިފައިވަނީ އެންމެ މީހަކަށެވެ. 75އާއި 79އާ ދެމެދުގެ ޕޮއިންޓް އެއްވެސް މީހަކަށް ލިބިފައެއްނުވެއެވެ. 70 އާއި 74އާ ދެމެދުގެ ޕޮއިންޓް 5 މީހަކަށް ލިބިފައިވާ އިރު 16 މީހަކަށް 65އާއި 69އާ ދެމެދުގެ ޕޮއިންޓް ލިބިފައި ވެއެވެ.

އިއްޔެ އާންމު ކުރި ވަގުތީ ލިސްޓްގައި ޕޮއިންޓް ލިބިފައިވާ ގޮތާމެދު އެއްވެސް ޝަކުވާއެއް ވާނަމަ އީމެއިލް މެދުވެރިކޮށާއި ސިޓީ މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ކައުންސިލުން ވަނީ ހުޅުވާލާފައެވެ. މިގޮތުން 7 ދުވަހުގެ މުއްދަތެއް ކައުންސިލުންވަނީ ދީފައެވެ. ޝަކުވާ ހުށަހެޅުގެ ސުންގަޑިއަކީ މި އޮގަސްޓް މަހުގެ 11ވާ ހޯމަ ދުވަހުގެ 14:00 އެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ފަރުމަސް މުބާރާތުން ފަޚުރުވެރި 1ވަނަ ތުޅާދޫ ދޮން އިސްމާޢީލް ޓީމަށް
1 month ago 1 Comments
ޕީޓީއޭ މަސައްކަތު ދުވަސް- ފަސް ގަޑިއިރުން 61 ހާސް ރުފިޔާ
1 month ago 0 Comments
މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފައިސާ ޓްރާންސްފަރ ކުރެވޭނެތަ؟
1 month ago 0 Comments
ތުޅާދޫ ސްކޫލުގެ ޕީޓީއޭއިން މަސައްކަތު ދުވަހެއް ފާހަގަކުރަނީ
1 month ago 0 Comments