
ޓާގެޓް ފުޓްބޯޅަ ޓީމުގެ ހުނަރުވެރި ކުޅުން ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ މެޗުގެ 6ވަނަ މިނެޓުގައެވެ. މި ލަނޑު ޓާގެޓް ފުޓްބޯޅަ ޓީމަށް ޖަހައިދިނީ އެ ޓީމުގެ ޖާޒީ ނަންބަރު 12 މުޙައްމަދު ފާސިރެވެ. ނަމަވެސް، ފުރަތަމަ ހާފުގެ 34 ވަނަ މިނިޓުގައި އެފްސީ ބިއްލޫރިންވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖާޒީ ނަންބަރު 17 އިބްރާހީމް ޠޯއިފްއެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ ދެ ޓީމު އެއްވަރުވެގެންނެވެ.
ދެވަނަ ހާފު ފެށުނުތާ މާ ގިނަ އިރުތަކެއް ނުވެ 46ވަނަ މިނިޓުގައި ޓާގެޓްގެ ދެވަނަ ގޯލު ވެސް ޖަހައިދިނީ ފުރަތަމަ ގޯލު ވެސް ޖަހައިދިން 12 ނަންބަރު މުޙައްމަދު ފާސިރެވެ. އަދި މެޗުގެ 50 ވަނަ މިނިޓުގައި ޓާގެޓްގެ ތިންވަނަ ލަނޑު ޖަހައިދިނީ އެ ޓީމުގެ ޖާޒީ ނަންބަރު 9 އަބްދުﷲ ތަހުސީނެވެ.
މެޗުގެ ފަހުކޮޅު ވެސް ޓާގެޓް ޓީމުން ވަރުގަދަ ކުޅުމެއް ދެއްކިއެވެ. މެޗުގެ 95ވަނަ މިނިޓުގައި ޓާގެޓްގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ޖާޒީ ނަންބަރު 21 ޢަބްދުﷲ މުޙައްމަދެވެ. އަދި މެޗުގެ އެންމެ ފަހު މިނިޓުގައި ޓާގެޓް ޓީމުން އެ މީހުންގެ ފަސްވަނަ ލަނޑު ޖަހައިދިނީ ޖާޒީ ނަންބަރު 23 އިޝާން އިބްރާހީމްއެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓާގެޓް ޓީމަށް ދެ ލަނޑު ޖަހައިދިން ޖާޒީ ނަންބަރު 12 މުޙައްމަދު ފާސިރެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޓާގެޓް ޓީމުގެ މުހަންމަދު ފާސިރަށް ޓްރޮފީ ހަވާލުކޮށްދެނީ / ފޮޓޯ: ގަހާ ޢާދިލް
މުބާރާތުގެ ތިންވަނަ މެޗުގައި މާދަމާ ބައްދަލުކުރާނީ ކަފަމާ ޔުނައިޓެޑް އަދި ދެކުނު ކަންމަތި ޓީމެވެ.