ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ޚަބަރު - ރާއްޖެ

ތުޅާދޫގައި މަދިރި އާލާވުން އިތުރުވާތީ ރަށުތެރެ ފޮގުކުރަން ފަށައިފި

ތުޅާދޫގައި މަދިރި އާލާވުން އިތުރުވެ ބަލިމަޑުކަމެއް ފެތުރެމުން ދާތީ ރަށުތެރެ ފޮގުކުރުމުގެ މަސައްކަތް ރަށު ކައުންސިލުން ފަށައިފިއެވެ.

ތުޅާދޫ ކައުންސިލުން ބުނީ މި ފަހަކަށް އައިސް ރަށުގައި މަދިރި އިތުރުވެ ތަފާތު ބަލިތަކާއި ރޯގާތައް އިތުރުވާތީ އެ ކަމަށް ހައްލެއް ލިބޭތޯ ރަށުތެރެ ފޮގުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ތުޅާދޫ ކައުންސިލުން އާންމުކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ޖުލައި 1ން ފެށިގެން ޖުލައި 3އާ ހަމައަށް ފޮގުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

މިގޮތުން އިއްޔެ މެންދުރު ފަހުގެ 3ން ހަވީރު 8:30އާ ދެމެދު ފޮގުކުރުމުގެ މަސައްކަތް ކޮށްފައި ވާއިރު މިއަދުގެ ދެ ވަގުތެއްގައި ފޮގުކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ. އެއީ ހެނދުނާއި ހަވީރުއެވެ. އަދި މާދަމާ ވެސް ހެނދުނާއި ހަވީރު ފޮގުކުރާގޮތަށް ވަނީ ހަމަޖައްސާފައެވެ.

your imageތުޅާދޫ މަގެއްގައި ފޮގުކުރުން ކުރިއަށް ދަނީ- ފޮޓޯ: ޝާމިން ހުސައިން

ފޮގުކުރުން ކުރިއަށް ދާއިރު ކާބޯތަކެއްޗާއި އަންނައުނު ފަދަ ތަކެތި ބޭރުގައި ނުބެހެއްޓުމަށާއި ފޮގުކުރުން ކުރިއަށް ދާއިރު ދުމުގެ އަސަރު ނުކުރާނޭ ގޮތަށް ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް ވެސް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކުޑަކުދީންނާއި ޢުމުރުން ދުވަސްވީ ބޭބޭފުޅުން ފޮގުކުރާ ވަގުތުތަކުގައި ބޭރަށް ނުކުތުމަކީ އެދެވޭ ކަމެއް ނޫން ކަމަށް ވެސް ކައުންސިލްގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

ތުޅާދޫގައި ރޯގާއެއް ފެތުރި ސްކޫލުގެ ދަރިވަރުން ސްކޫލަށް ހާޒިރުވެގެން ކިޔެވުން ވެސް މި ދޭތެރެއިން ވަނީ މެދުކަނޑާލާފައެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ގަދަ 10ން ވިދާލި ތުޅާދޫ ހަތަރު ތަރި
1 day ago 0 Comments
ތުޅާދޫގައި މަދިރި އާލާވުން އިތުރުވާތީ ރަށުތެރެ ފޮގުކުރަން ފަށައިފި
2 days ago 0 Comments
ތުޅާދޫގައި ރޯގާއެއް ފެތުރޭތީ ސްކޫލަށް ހާޒިރުވެގެން ކިޔެވުން މެދުކެނޑުމަކަށް
4 days ago 0 Comments
ތުޅާދޫ ސްކޫލްގެ 2024 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފި
5 days ago 0 Comments