
މި ޖޫން މަހުގެ 18ވަނަ ދުވަހު އާންމުކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ތުޅާދޫ މެޖިސްޓްރޭޓުން ކޮށްފައިވާ ޙުކުމާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ހައުސިންގ މިނިސްޓްރީން އަންގާފައިވާތީ، އަލުން އިވެލުއޭޓު ކުރުމަށް ޓަކައެވެ.
100 ހައުސިންގ ޔުނިޓު ދޫކުރުމުގައި ކަންކަން ކުރާނެ ގައިޑްލައިންގެ 4.1 ވަނަ މާއްދާގައިވާ ގޮތުން އިވެލުއޭޝަން ކޮމިޓީގައި ޢާންމު މެންބަރަކު ހިމެނެން ޖެހެއެވެ. ނަމަވެސް، ކުރިން މި ކޮމިޓީގައި ޢާންމުންގެ ފަރާތުން ހުރި މެންބަރު ވަނީ އިސްތިއުފާ ދެއްވާފައި ކަމަށް ކައުންސިލުން ހާމަކޮށްފައިވެއެވެ
މި މަޤާމަށް ކުރިމަތިލާން ޝައުޤުވެރިވާ ފަރާތްތަކުން 23 ޖޫން 2025 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 14:00 ގެ ކުރިން ތުޅާދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުމަށް އެދިފައިވެއެވެ.