ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ޚަބަރު - ރާއްޖެ

މާލޭގައި މަސައްކަތްކުރާނެ ސަޕްލަޔަރަކު ހޯދަން ތުޅާދޫ ކައުންސިލުން އިޢުލާނުކޮށްފި

މާލޭގައި މަސައްކަތްކުރާނެ ސަޕްލަޔަރަކު ހޯދުމަށް ބ. އަތޮޅު ތުޅާދޫ ކައުންސިލުން އިޢުލާނުކޮށްފިއެވެ.

މި އިޢުލާނު ކޮށްފައިވަނީ މާލެ ސަރަޙައްދުގައި ކުރަންޖެހޭ ބައެއް މަސައްކަތްތައް ކުރުމަށާއި، އަވަހަށް ހޯދަންޖެހޭ މުހިންމު ތަކެތި ހޯދައި، ރަށަށް ދަތުރުކުރާ އުޅަނދުފަހަރުގައި ފޮނުވައިދޭނެ ފަރާތެއް ހޯދުމަށެވެ.

މި މަޤާމަށް ހޮވޭ ފަރާތުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މާލެ ސަރަޙައްދުގެ ފިހާރަތަކުން އަގުބަލަންޖެހޭ ތަކެތީގެ އަގު ބެލުމާއި، މާލޭ ސިޓީގެ އޮފީސްތަކާއި ފިހާރަތަކުން ނަގަންޖެހޭ ތަކެއްޗާ ހަވާލުވެ އެ ތަކެތި ކައުންސިލަށް ފޮނުވުން ހިމެނެއެވެ. މީގެ އިތުރުން، ޑީ.އެން.އާރުން ނަގަން ޙަވާލުކުރެވޭ އައިޑީ ކާޑު ނަގައި ކައުންސިލަށް ފޮނުވުމާއި، ސައިކަލުގައި ނުއުފުލޭ މުދާ އުފުލުމަށް ކުރާ ދަތުރުގެ ބިލް ކައުންސިލަށް ފޮނުވުން ފަދަ މަސައްކަތްތައް ވެސް ކުރަންޖެހުން ފަދަ ކަންކަން ވެސް ހިމަނާފައިވެއެވެ.

މި މަޤާމަށް ހޮވޭ ފަރާތަށް މަހަކު 2000 ރުފިޔާގެ އުޖޫރައެއް ލިބޭނެއެވެ. އަދި މި ވަޒީފާގެ މުއްދަތަކީ 12 މަސް ދުވަހެވެ. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން، ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާ އަދި އިންޓަވިއުއިން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތެއް ހޮވޭނެކަމަށް ކައުންސިލުން މަޢުލޫމާތު ދީފައިވެއެވެ.

މި މަޤާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން 2025 ވަނަ އަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހުގެ 14:00 ގެ ކުރިން ލިޔެކިޔުންތައް ހުށަހަޅަން އެ އިޢުލާންގައި ވެއެވެ. މީގެ އިތުރުން މަސައްކަތް ކޮށްދިނުމަށް އެދި ހުށަހަޅާ ސިޓީއާއެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެ ފުށުގެ ސާފު ކޮޕީ އާއި  މި ދާއިރާއިން ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ލިޔުން ހިމަނަން ޖެހެއެވެ. 

އިތުރު މަޢުލޫމާތު ހޯދުމަށް 6600006 ނަންބަރާ ގުޅުމަށް ކައުންސިލުން އަންގާފައިވެއެވެ.


ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ގަދަ 10ން ވިދާލި ތުޅާދޫ ހަތަރު ތަރި
1 day ago 0 Comments
ތުޅާދޫގައި މަދިރި އާލާވުން އިތުރުވާތީ ރަށުތެރެ ފޮގުކުރަން ފަށައިފި
2 days ago 0 Comments
ތުޅާދޫގައި ރޯގާއެއް ފެތުރޭތީ ސްކޫލަށް ހާޒިރުވެގެން ކިޔެވުން މެދުކެނޑުމަކަށް
4 days ago 0 Comments
ތުޅާދޫ ސްކޫލްގެ 2024 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފި
5 days ago 0 Comments