
ތުޅާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ދޫމާ އަބްދުލްކަރީމް މި ނޫހަށް މަޢުލޫމާތު ދެއްވި ގޮތުގައި، މި ކްލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުން ފެށިގެން 1 މަސް ދުވަހުގެ މުއްދަތަށެވެ. އަދި ހަފްތާއަކު 3 ރޭ ކްލާސްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ކްލާސްތަކުގައި ކިޔަވައިދެއްވަނީ ތުޅާދޫ ސްކޫލްގެ ޕްރިންސިޕަލް އިބްރާހީމް ރަޝީދެވެ.
" "އަޅުގަނޑުމެން ވަރަށް އުފާވޭ 22 ބައިވެރިންނާއެކު މި ކުލާސް ފެށިގެން ދިޔައީތީ" ދޫމާވިދާޅުވިއެވެ.
މި ޕްރޮގްރާމްގެ މަޤްޞަދަކީ ތުޅާދޫގެ 40 އަހަރުން މަތީގެ އަންހެނުންގެ އިނގިރޭސި ބަހުގެ ހުނަރު އިތުރުކޮށް، އެ ބޭފުޅުންގެ މުވާޞަލާތީ ޤާބިލުކަން އިތުރުކުރުމެވެ. އަދި މިފަދަ ޕްރޮގްރާމްތަކުން އަންހެނުންގެ ބާރުވެރިކަން އިތުރުކޮށް، މުޖުތަމަޢުގައި އެ ބޭފުޅުންގެ ދައުރު އިތުރަށް ފުޅާކުރުމެވެ.
ތުޅާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން މި ފަދަ ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަކީ ރަށުގެ އަންހެނުންގެ ތަރައްޤީއަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރެވެއެވެ.