ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ޚަބަރު - ރާއްޖެ
ތުޅާދޫ ބައިވެރިން

އަދަބީ މުބާރާތްތަކުން ތުޅާދޫއަށް ބޮޑު ކާމިޔާބެއް

ދިވެހިބަހުގެ އެކެޑަމީން 2024ވަނަ އަހަރު ބޭއްވި އަދަބީ މުބާރާތްތަކުން ތުޅާދޫއަށް ނިސްބަތްވާ ދަރިވަރުން ބޮޑު ކާމިޔާބެއް ހޯދައިފިއެވެ.

36ވަނަ ކުރުވާހަކަ ލިޔުމުގެ ޤައުމީ މުބާރާތުން 18 އަހަރުން ދަށުގެ ޢުމުރުފުރާއިން 1ވަނަ ހޯދީ ބ. ތުޅާދޫ، ގުލްޒާރުގެ ޝާޔަން ޢަބްދުﷲ ޢާމިރެވެ. ޝާޔަން ވަނީ ޅެންހެދުމުގެ ގައުމީ މުބާރާތުން 18 އަހަރުން ދަށުގެ ޢުމުރުފުރާއިން 2 ވަނަ ވެސް ހޯދާފައެވެ.  

your imageވާހަކަ ލިޔުމުގެ ގައުމީ މުބާރާތުން 18އަހަރުން ދަށުގެ ގިންތިން 1ވަނަ ހޯދި ޝާޔަން ޢަބްދުﷲ، ޝަޔަން ވަނީ ޅެން ހެދުމުގެ ގައުމީ މުބާރާތުން 2ވަނަ ވެސް ހޯދާފައި

މީގެ އިތުރުން ކުރުވާހަކަ ލިޔުމުގެ 36ވަނަ ގައުމީ މުބާރާތުން ދަށު ސާނަވީ ގިންތިން ތުޅާދޫ ސްކޫލުގެ ދަރިވަރު ޒާރާ ޢަބްދުލް ޢަޡީމް ވަނީ މުޅި މުބާރާތުން އެ ޢުމުރުފުރާއިން 3 ވަނަ ހޯދައިފައެވެ. އަދި ޒާރާވަނީ ވާހަކަ ލިޔުމުގެ ގައުމީ މުބާރާތުގެ ދަށު ސާނަވީ ގިންތިން އެންމެ މޮޅު 10 ދަރިވަރުންގެ ތެރޭގައި ވެސް ހިމެނިފައެވެ. އޭގެ އިތުރުން  ތުޅާދޫ ސްކޫލުގެ އީވާ ޢަބްދުލް މަސީޙް ވެސް ވާހަކަ ލިޔުމުގެ ގައުމީ މުބާރާތުގެ ދަށު ސާނަވީ ގިންތީގެ އެންމެ މޮޅު 10 ދަރިވަރުންގެ ތެރޭގައި ހިމެނިފައިވެއެވެ.

މި އަހަރު ބޭއްވި 36ވަނަ ކުރުވާހަކަ ލިޔުމުގެ ގައުމީ މުބާރާތުގެ ސާނަވީ ގިންތިން 3ވަނަ ސްކޫލަކަށް ހޮވިފައިވަނީ ވެސް ތުޅާދޫ ސްކޫލެވެ.

your imageތުޅާދޫ ސްކޫލުގެ ދެ ދަރިވަރާއި މުދައްރިސަކާއި ވާހަކަ ލިޔުމުގެ މުބާރާތުން 1ވަނަ ހޯދި ޝާޔަން (ވާތްފަރަތުން 2ވަނައަށް)

ރޭ ތާޖުއްދީން ސްކޫލުގައި ނަތީޖާ ފާޅުކުރެވުނު ޖަލްސާގައި ކުރުވާހަކަ ލިޔުމުގެ 36ވަނަ ގައުމީ މުބާރާތާއި ޅެންހެދުމުގެ 27ވަނަ ގައުމީ މުބާރާތާއި މަޒުމޫނު ލިޔުމުގެ 39ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރެވުނެވެ. މި މުބާރާތްތަކުގައި 100އަށް ވުރެ ގިނަ ސްކޫލުން ބައވެރިވެފައިވެއެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
40 އަހަރުން މަތީގެ މީހުންނަށް އިނގިރޭސި ބަސް ދަސްކޮށްދޭ ކޯހެއް ތުޅާދޫގައި
1 day ago 0 Comments
ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި
2 days ago 0 Comments
ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮމްޕެޓިޝަންގެ ގަދަ 16ގައި ތުޅާދޫގެ 2 ކުއްޖަކު
2 days ago 0 Comments
އަދަބީ މުބާރާތްތަކުން ތުޅާދޫއަށް ބޮޑު ކާމިޔާބެއް
5 months ago 0 Comments