ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ކުޅިވަރު

ތުޅާ ފުޓްސަލް މުބާރާތް 2024 ގައި 13 ޓީމަކުން ބައިވެރިވެއްޖެ

ތުޅާދޫ ކައުންސިލާއި ތުޅާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމުކޮށްގެން ބާއްވާ "ތުޅާ ފުޓްސަލް މުބާރާތް 2024" ގައި 13 ޓީމެއް ބައިވެރި ވެއްޖެއެވެ.

މި އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފިރިހެން ޑިވިޝަނުގައި 10 ޓީމެއް ބައިވެރިވެފައިވާ އިރު އަންހެން ޑިވިޝަންގައި 3 ޓީމެއް ބައިވެރިވެފައިވެއެވެ.

މި އަހަރުގެ މުބާރާތުގައި 2023 ވަނަ އަހަރު ތުޅާދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ފުޓްސަލް މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެންޕިއަންކަން ހޯދާފައިވާ އަލް ސްޓްރައިކަރގެ އިތުރުން  2023 ވަނަ އަހަރުގެ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ރަނަރަޕްކަން ހޯދި ޒެފާސް ސްޕޯޓްސް ކުލަބު ބައިވެރިވެފައިވެއެވެ. މީގެ އިތުރުން ދެކުނު ކަންމަތި، ސަކްސަސް ޔުނައިޓެޑް، އެފް ސީ ބިއްލޫރު، ޓަރގެޓް ފުޓުބޯޅަ ޓީމް، ކުލަބު ތޮޅިހެލޭ، ބޮސް ފިޝަރ، އެފް ސީ ބޮސް ފޮޝަރ، އަދި ނޮރިންމަ ޓީމުން ވަނީ މި މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ބައިވެރިވެފައެވެ.

މި އަހަރުގެ މުބާރާތުގެ އަންހެން ޑިވިޝަންގައި ބައިވެރިވީ އެންމެ ފަހުން ބޭއްވި މުބާރާތުގެ ޗެންޕިއަންކަން ހޯދި ދެކުނު ކަންމަތި  ޓީމާއި މިދިޔަ އަހަރު ރަނަރަޕްކަން ހޯދި އެމިޓީ އާއި މި ދިޔަ އަހަރު ވެސް މުބާރާތް ކުޅުނު ނޮރިންމަ ޓީމެވެ. 

your image2023 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ކުޅުނު ދެ ޓީމު

މި އަހަރުގެ މުބާރާތުގެ ބެވަރޭޖް ޕާޓްނަރަކީ ބިޔޯންޑް ބާއެވެ. އަދި މި މުބާރާތުގެ ޕްރިންޓިންގ ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ޑީސައިންއިންނެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
100%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
40 އަހަރުން މަތީގެ މީހުންނަށް އިނގިރޭސި ބަސް ދަސްކޮށްދޭ ކޯހެއް ތުޅާދޫގައި
1 day ago 0 Comments
ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި
1 day ago 0 Comments
ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮމްޕެޓިޝަންގެ ގަދަ 16ގައި ތުޅާދޫގެ 2 ކުއްޖަކު
2 days ago 0 Comments
އަދަބީ މުބާރާތްތަކުން ތުޅާދޫއަށް ބޮޑު ކާމިޔާބެއް
5 months ago 0 Comments