ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ޚަބަރު - ރާއްޖެ

ތުޅާދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން މަގާމާ ހަވާލުވެވަޑައިގެންފި

ތުޅާދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް އިންތިޚާބުވެވަޑައިގެންނެވި 5 މެންބަރުން އިގުރާރުގައި ސޮއިކުރައްވައި މަގާމާ ހަވާލުވެވަޑައިގެންފިއެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން މަގާމާ ހަވާލުވެވަޑައިގެން އިގުރާރުގައި ސޮއިކުރެއްވީ މިއަދު ހެދުނު 9 ޖެހިއިރު ތުޅާދޫ މަލްޓިޕާޕަސް ހޯލުގައި ބޭއްވުނު ކައުންސިލް މެންބަރުން ހުވާކުރުމުގެ ދަރުބާރުގައެވެ. މި މެންބަރުން އިގުރާރުގައި ސޮއިކުރެއްވީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛް އިސްމާޢީލް މާހިރާއި ގިނަ އަދަދެއްގެ ރައްޔިތުންގެ ކުރިމަތީގައެވެ.

މި ދައުރަށް އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންގެ ގޮތުގައި ހޮވިވަޑައިގަތީ އަންހެނުންގެ ކޮމެޓީގެ ރައީސްކަމަށް އަމިއްލަގޮތުން ކުރިމަތިލައްވައިގެން 1123 ވޯޓް ލިބިވަޑައިގެން ހޮވިވަޑައިގެންނެވި މުރަކަ، ފާއިގާ ޙުސައިންއާއި 683 ވޯޓް ލިބިވަޑައިގެންނެވި މިނާ، ޒަރީނާ އިބްރާހީމާއި 644 ވޯޓް ލިބިވަޑައިގެންނެވި ހުދުފަޅު، ނަދާ އިބްރާހީމާއި 556 ވޯޓް ލިބިވަޑައިގެންނެވި ނޫރާނީގެ، ޢާއިޝަތު އުޘްމާނާއި 541 ވޯޓް ލިބިވަޑައިގެންނެވި ހަވާއީ ޒާހިދާ ޔޫސުފެވެ. އަންހެނުންގެ ކޮމެޓީގެ ރައީސްކަމަށް ހޮވިވަޑައިގެންނެވި ފާއިގާ ޙުސައިން ފިޔަވައި އެ ކޮމެޓީގެ އެހެން ހުރިހާ މެންބަރުންނަކީ އެމްޑީޕީގެ ޓިކެޓްގައި ހޮވިވަޑައިގެންނެވި މެންބަރުންނެވެ.

your imageތުޅާދޫގެ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ 5 މެންބަރުން 

މިއަދުގެ ދަރުބާރުގައި ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވި އިރު ތުޅާދޫ ކައުންސިލްގެ 4ވަނަ ދައުރުގެ ކައުންސިލަރުންނާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރައްވާ ކޮމެޓީގެ މެންބަރުން ވެސް ބައިވެރިވެވަޑައިގަތެވެ. އަދި ތުޅާދޫގެ އެކި މުއައްސަސާތަކުގެ ވެރީން ވެސް ބައިވެރިވަޑައިގަތެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ތުޅާދޫ ސްކޫލުގެ ޕީޓީއޭއިން މަސައްކަތު ދުވަހެއް ފާހަގަކުރަނީ
1 day ago 0 Comments
ލޯގޯ ފަރުމާކުރުމުގެ މުބާރާތުން 1ވަނަ މަތީނަށް
4 days ago 0 Comments
ވާދަމައިގެން މޮޅުވި ޓީމުތަކަށް ލިބުނު 21 ހާސް ރުފިޔާ އިޖުތިމާޢީ ޚިދުމަތަށް
5 days ago 0 Comments
ސިލްސިލާ ފުޓްބޯޅަ މެޗު ތުޅާދޫއަށް
5 days ago 0 Comments