ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ޚަބަރު - ރާއްޖެ

ސިވިލްސޮސައިޓީ އެވޯޑް ތުޅާދޫ ސިލްވަރޝައިން ކުލަބަށް

ރަށު ފެންވަރުގައާއި ގައުމީ ފެންވަރުގައި މަދަނީ ޖަމިއްޔާތައް ކުރަމުންދާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމަށްޓަކައި ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ދެމުން އަންނަ ސިވިލް ސޮސައިޓީ އެވޯޑް ތުޅާދޫ ސިލްވަރޝައިން ކުލަބަށް ލިބިއްޖެއެވެ.

ޔޫތު ހަބްގައި ބޭއްވި ޚާއްޞަ ހަފުލާގައި ތުޅާދޫ ސިލްވަރޝައިން ކުލަބަށް މި އެވޯޑް ލިބުނީ ތަޢުލީމީ ދާއިރާއިންނެވެ. ތުޅާދޫ ސިލްވަރޝައިން ކުލަބާ މި އެވޯޑް ހަވާލުކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަހީދެވެ. ތުޅާދޫ ސިލްވަރޝައިން ކުލަބުން މި އެވޯޑާ ހަވާލުވެވަޑައިގަތީ ކުލަބުގެ މަސްޢޫލުވެރިޔާ ޒަކަރިއްޔާ ޢަލީއާއި ކުލަބުގެ ކުލަބުގެ ޗެއަރޕާސަން ޙުސައިން ޙަސަން (ހުސޭނުބެ) އެވެ.

your imageތުޅާދޫ ސިލްވަރ ޝައިން ކުލަބްގެ ފަރާތުން ކުލަބުގެ މަސްޢޫލުވެރިޔާ ޒަކަރިއްޔާ ޢަލީއާއި ކުލަބުގެ ކުލަބުގެ ޗެއަރޕާސަން ޙުސައިން ޙަސަން (ހުސޭނުބެ) އެވޯޑާ ހަވާލުވެވަޑައިގަންނަވަނީ

މި ރޭގެ ހަފުލާގައި ތުޅާދޫ ސިލްވަރޝައިން ކުލަބާއެކު ޖުމުލަ 7 ޖަމިއްޔާއަކަށް 7 ދާއިރާއަކުން ސިވިލް ސޮސައިޓީ އެވޯޑް ލިބިފައިވެއެވެ. އެއީ  އަންހެނުންނާއި ކުޑަކުދިންނާއި ޒުވާނުންގެ ހައްގުތައް ހިމާޔަތްކޮށް އެފަރާތްތައް ބާރުވެރިކުރުވުމުގެ ދާއިރާ އިން ވިމެން އެމްޕަވާމަންޓް އެސޯސިއޭޝަން އޮފް ތިނަދޫއަށާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ ދާއިރާއިން ކެއާ ސޮސައިޓީއަށާއި ދިވެހިންގެ ސަގާފަތާއި އާދަކާދަތަކާއި، ތާރީހީ ތަރިކަ، ދިވެހިބަސް ދިރުވުމުގެ ދާއިރާއިން ޝާއިރުންގެ ވާދީއަށާއި ތިމާވެށީގެ ދާއިރާއިން ކްލީން މޯލްޑިވްސްއަށާއި ސިއްހީ ދާއިރާ އަދި ދުޅަހެޔޮ މުޖްތަމަޢުއަކަށް މަސައްކަތް ކުރުމުގެ ދާއިރާއިން އަލްޒައިމާ ސޮސައިޓީ އޮފް މޯލްޑިވްސްއަށާއި މަސްތުވާ ތަކެތިން މުޖްތަމައު ރައްކާތެރިކުރުމުގެ ދާއިރާއިން ގިރިންދާއަށާއި ތަޢުލީމީ ދާއިރާއިން ތުޅާދޫ ސިލްވަރޝައިން ކުލަބަށެވެ. 

your image2025ވަނަ އަހަރު ސިވިލް ސޮސައިޓީޫ އެވޯޑް ލިބުނު ޖަމިއްޔާތަކުން އެވޯޑާ ހަވާލުވެވަޑައިގެންނެވި ބޭފުޅުން ވަޒީރުގެ އަރިހުގައި

ސިވިލްސޮސައިޓީ އެވޯޑް ލިބުނު ތުޅާދޫ ސިލްވަރޝައިން ކުލަބަކީ 1971 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 20ވަނަ ދުވަހު ސަރުކާރުގައި ރަޖިސްޓްރީ ކުރެވިގެން ހިންގަމުން އަންނަ ކުލަބެކެވެ. އެ ކުލަބަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުލަބުތަކުގެ ތެރެއިން ދެވަނައަށް އެންމެ ގިނަ ދުވަސްވީ ކުލަބެވެ. މި ކުލަބުން ތުޅާދޫއަށާއި ތުޅާދޫ ރައްޔިތުންނަށް ދެމުން އަންނަ އެންމެ މުހިންމު އެއް ޚިދުމަތަކީ ޕްރީސްކޫލު ޚިދުމަތެވެ. ތުޅާދޫ އެތައް ބައެއް އެދުމުގެ މަތިން ތުޅާދޫ ސިލްވަރ ޝައިން ކުލަބުން "ތުއްތުކުދިންގެ ޕްރީ ސްކޫލް"ގެ ނަމުގައި ޕްރީ ސްކޫލެއް ރަޖިސްޓްރީކޮށް ތުޅާދޫގައި ޚިދުމަތް ދޭންފެށީ 2003ވަނަ އަހަރުއެވެ. އެ އަހަރުން ފެށިގެން މިއަދާ ހަމައަށް ކުރިއަށް ގެންދާ އެ ޚިދުމަތަކީ ތަޢުލީމީ ޖީލެއް ތުޅާދޫގައި އުފެއްދުމަށް ކުލަބުން ވަމުން އަންނަ މަތިވެރި ގުރުބާނެކެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
100%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ލިޔެލާޖެހުން : ތުޅާދޫގެ ފަޚުރުވެރި ތާރީޚް
5 days ago 1 Comments
މުހަންމަދު އަހުމަދު : ހުނަރުތަކުން ފުރިފައިވާ ކެޔޮޅު
1 week ago 0 Comments
ތުޅާދޫގައި ދަތުރުވެރީންގެ ހިޔަލެއް ހުޅުވައިފި
2 weeks ago 0 Comments
މީދޫ ރައްޔިތުން ތުޅާދުއަށް ކުރި އެއްބައިވަންތަކަމުގެ ދަތުރު ނިންމާލައިފި
2 weeks ago 0 Comments