
މި ޢައްޔަންކުރެއްވުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ އިއުލާނުކުރައްވާފައެވެ. އަލްއުސްތާޛް އިބްރާހީމް ޢަފީފަކީ ޓެކްސްގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެގޮތުން، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ފުރަތަމަ ދައުރުގެ ރައީސްކަން ވެސް ކުރައްވާފައިވަނީ އަލްއުސްތާޛް އިބްރާހީމް ޢަފީފެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްއަކީ، ޓެކްސްއާ ގުޅުންހުރި މައްސަލަތައް ބަލައި، ހައްލުކުރުމަށް ޓަކައި ޤާނޫނުން އުފައްދާފައިވާ މުއައްސަސާއެކެވެ. މި މަޤާމަށް އިބްރާހީމް ޢަފީފް ޢައްޔަންކުރެއްވުމާ އެކު، ޓްރައިބިއުނަލްގެ މަސައްކަތްތަކަށް އިތުރު ތަޖުރިބާކާރު ހިދުމަތްތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.