
ތުޅާދޫއަށް މި ރީތި ނަން ހޯދައިދިނީ ތުޅާދޫ ސްޕޯޓްސް ކުލަބުގެ ފަރާތުން ބައިވެރިވި މުޙައްމަދު އާރިކު އަޙްމަދު ޞާލިޙާއި ތުޅާދޫ، ރަޥްޟަތުލް އަޠްފާލި ގުރުއާން ކުލާހުން ބައިވެރިވި އަލްމާ އަޙްމަދު އަސްލަމްއެވެ.
2ވަނަ ހޯދި ތުޅާދޫ ސްޕޯރޓްސް ކުލަބްގެ މުޙައްމަދު އާރިކު އަޙްމަދު ޞާލިޙް އިނާމު ލިބިގަންނަނީ
މުބާރާތުން މުޙައްމަދު އާރިކު އަޙްމަދު ޞާލިޙް 2ވަނަ ހޯދީ ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތް ބަލައިގެން ކިޔެވުމުގެ ފޮތުގެ ބައިންނެވެ. އަލްމާ އަޙްމަދު އަސްލަމް 2ވަނަ ހޯދީ ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތްގެ ބަލައިގެން ކިޔެވުމުގެ 20 ފޮތުގެ ބައިންނެވެ.
2 ވަނަ ހޯދި ރަޥްޟަތުލް އަޠްފާލި ގުރުއާން ކުލާހުގެ އަލްމާ އަޙްމަދު އަސްލަމް އިނާމު ލިބިގަންނަނީ
ތުޅާދޫ ސްޕޯޓްސް ކުލަބަށް ގައުމީ މުބާރާތުން މިފަދަ ކާމިޔާބެއް ލިބުނު މިއީ ފުރަތަމަ ފަހަރެވެ. ރަޥްޟަތުލް އަޡްފާލި ވަނީ 2022 ވަނަ އަހަރު ބޭއްވި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވެފައެވެ. އެ އަހަރުގެ މުބާރާތުން ނާޝް އަޙްމަދު ނިސާންއަށް 03 ވަނަ ވަނީ ލިބިފައެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި ތުޅާދޫ ސްޕޯރޓްސް ކުލަބުން މި އަހަރު 7 ބައިވެރިއަކު ތަމްސީލުކުރިއެވެ. ތުޅާދޫ ސްޕޯޓްސް ކުލަބުން ވަނީ މި ދިޔަ އަހަރު އޮތް ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގައި ވެސް ބައިވެރިވެފައެވެ. އެ ކުލަބަކީ މެދު ކެނޑުމެއްނެތި ރަށު ފެންވަރުގައި ޤުރުއާން މުބާރާތް ބާއްވަމުން އަންނަ 48 އަހަރު ވެފައިވާ ޚިދުމަތްތެރި ކުލަބެކެވެ.