
ފައިނަލުގައި ފަތްމިނި ޓީމާ ވާދަކޮށް ދެކުނުކަންމަތި ޓީމުން ޗެންޕިއަންކަން ހޯދާފައިވަނީ 30 ލަނޑުގެ ތަފާތަކާ އެކުއެވެ. ފައިނަލް މެޗުގައި ފަތްމިނި ޓީމަށް 7 ލަނޑު ކާމިޔާބު ކުރެވުނު އިރު މުބާރާތުގައި މޮޅުކުޅުމެއް ދެއްކި ދެކުނު ކަންމަތިން ވަނީ 37 ލަނޑު ކާމިޔާބު ކޮށްފައެވެ.
އަންހެން ކުޅުންތެރިންނަށް ހިތްވަރުދީ، ކުޅިވަރުގެ ރޫޙު އާލާކުރުމުގެ މަޤުޞަދުގައި ބޭއްވުނު މި މުބާރާތް ނިމިގެންދިޔައީ ވަރަށް ކުލަގަދަ ރަސްމިއްޔާތަކާއެކުއެވެ. މި ރަސްމިއްޔާތުގައިވަނީ މުބާރާތުން ފާހަގަކޮށްލެވުނު އެކި ކުޅުންތެރިންނަށް ޓްރޮފީ ހަވާލުކޮށްފައެވެ.
ފަތްމިނި- މުބާރާތުގެ ރަނަރަޕްކަން ހޯދި ޓީމު
މި މުބާރާތުގެ އެންމެ ފާހަގަކޮށްލެވުނު ކުޅުންތެރިއަކީ ދެކުނުކަންމަތި ޓީމުގެ ޖާޒީނަންބަރު 5، ޝަބާ ޔޫސުފްއެވެ. ޝަބާ ވަނީ ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއާގެ މަޤާމުގެ އިތުރުން، މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއާގެ މަޤާމާއި، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަޤާމު ވެސް ހޯދައިފައެވެ.
ޝަބާ- މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ، އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ
މުބާރާތުގެ އެންމެ މޮޅު ސަޕޯޓަރުންގެ ޓީމަކަށް ހޮވުނީ ޒެފަރސް ސްޕޯޓްސް ކްލަބެވެ. އަދި މުބާރާތުގެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ ޒެފަރސް ޓީމުގެ ޖާޒީ ނަންބަރު 2، ރައުފަތުއެވެ.
އެންމެ މޮޅު ސަޕޯޓަރުންގެ ޓީމް- ޒެފާސް ސްޕޯޓްސް ކުލަބް
ރައުފަތު- މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާ
މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިންގެ ގޮތުގައި ހޮވާފައިވަނީ:
ރިފްދާ އިބްރާހީމް (ޖާޒީ ނަންބަރު 7) - ދެކުނުކަންމަތި
ޝަބާ ޔޫސުފް (ޖާޒީ ނަންބަރު 5) - ދެކުނުކަންމަތި
ޔުސްރާ ޔޫސުފް (ޖާޒީ ނަންބަރު 3) - ފަތްމިނި
ޒުހާ ރަޝީދު (ޖާޒީ ނަންބަރު 17) - ދެކުނުކަންމަތި
ކައުސަރު އާދަމް ސަޢީދު (ޖާޒީ ނަންބަރު 21) - ދެކުނުކަންމަތި
މަރްޔަމް އަރުޝީ (ޖާޒީ ނަންބަރު 13) - ފަތްމިނި
އިފްޒާލް ޙަސަން (ޖާޒީ ނަންބަރު 12) - ދެކުނުކަންމަތި
މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރީން
މީގެ އިތުރުން، މުބާރާތުގައި ކުޅުނު 18 އަހަރުން ދަށުގެ ކުޅުންތެރިންގެ ހުނަރު ފާހަގަކޮށް، "ހޯޕް ނެވަރ ޑައިޒް އެވޯޑް" ޔަންގް އީގަލްއިން ވަނީ ގިނަ ކުދިންތަކަކަށް ދީފައެވެ.
"ހޯޕް ނެވަރ ޑައިޒް އެވޯޑް" ލިބުނު ކުޅުންތެރީން
މި މުބާރާތަކީ ތުޅާދޫގައި އަންހެން ކުޅިވަރަށް ލިބިފައިވާ މަޤްބޫލުކަން ދައްކުވައިދިން ކާމިޔާބު މުބާރާތެކެވެ.