ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ކުޅިވަރު

ތުޅާދޫ ކަނބަލުންގެ ހޭންޑްބޯޅަ މުބާރާތް: ފަންމިންޏާއި ދެކުނު ކަންމަތި ފައިނަލަށް

ބ.ތުޅާދޫގައި ކުރިއަށްދާ، ތުޅާދޫ ކަނބަލުންގެ ހޭންޑްބޯޅަ މުބާރާތް 2025ގެ ފައިނަލަށް ފަންމިނި ޓީމާއި ދެކުނު ކަންމަތި ޓީމު ދަތުރުކޮށްފިއެވެ.

ދެކުނު ކަންމަތި ފައިނަލަށް ދަތުރު ކުރީ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ނޮރިންމަ ޓީމާ ބައްދަލުކޮށް ކުޅުނު މެޗު 43-2 ގެ ބޮޑު ތަފާތަކުން ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދެކުނު ކަންމަތި ޓީމުގެ ޖާޒީ ނަންބަރު 17، ޒުހާއެވެ. ޒުހާ ވަނީ މޮޅު ކުޅުމެއް ދައްކައި، ގިނަ ލަނޑުތަކެއް މި މެޗުގައި ވެސް ކާމިޔަބުކޮށްފައެވެ.

ފަތްމިނި ޓީމު ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ޒެފަރސް ޓީމާ ބައްދަލުކޮށް 22-10 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފަތްމިނި ޓީމުގެ ޖާޒީ ނަންބަރު 14، ސާޖިދާ އަބްދުއްރަހްމާނެވެ. ސާޖިދާގެ ހުނަރުވެރި ކުޅުމަކީ ފަތްމިނި ޓީމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

your image

މި މުބާރާތުގެ ފައިނަލް މެޗު ކުޅެވޭނީ މި އަންނަ ބުދަ ދުވަހުގެ ރެއެވެ. ތުޅާދޫގެ އަންހެން ކުޅުންތެރިންގެ މެދުގައި ބާއްވާ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ފައިނަލްގައި ވާދަކުރާނީ ދެކުނު ކަންމަތި ޓީމާއި ފަތްމިނި ޓީމެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ދާއޫދުބެގެ ދެމަފިރީންގެ ދީލަތި ދަތުރު
7 hours ago 0 Comments
ގާޒީ އުސްމާނު : އާއިލީގުޅުމުގެ ނަމޫނާ
1 week ago 0 Comments
ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދެކުނުކަންމަތިން ހޯދައިފި
2 weeks ago 0 Comments
ތުޅާދޫ ޔަންގް އީގަލް – ހޭންޑްބޯޅައިގެ އެހީތެރިޔާ
2 weeks ago 0 Comments