ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ކުޅިވަރު

ތުޅާދޫ ކަނބަލުންގެ ހޭންޑްބޯޅަ މުބާރާތް: ސެމީފައިނަލަށް ދެކުނުކަންމަތި، ނޮރިންމަ، ފަތްމިނި އަދި ޒެފަރސް

ތުޅާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ތުޅާދޫގައި މިހާރު ކުރިއަށްގެންދާ ތުޅާދޫ ކަނބަލުންގެ ހޭންޑްބޯޅަ މުބާރާތުގެ ސެމީފައިނަލަށް 4 ޓީމެއް ދަތުރުކޮށްފިއެވެ.

މި ހަތަރު ޓީމު ސެމީ ފައިނަލަށް ދަތުރުކުރީ ދެ ގުރޫޕަށް ބަހާލައިގެން ކުޅެވުނު މެޗުތަކުން އެންމެ ގިނަ ޕޮއިންޓް ހޯދައިގެންނެވެ. މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އޮންނާނީ މި ސެޕްޓެންބަރު މަހުގެ 22ވާ ހޯމަ ދުވަހުއެވެ. ސެމީ ފައިނަލް ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ދެކުނު ކަންމަތި ޓީމާއި އަދި ނޮރިންމަ ޓީމެވެ. ސެމީފައިނަލް ދެވަނަ މެޗުގައި ބައްދަލުކުރާނީ ފަތްމިނި ޓީމާއި ޒެފަރސް ސްޕޯޓްސް ކްލަބެވެ.

މި މުބާރާތުގައި މިރޭ ކުޅެވުނު ފުރަތަމަ މެޗުގައި އެފް 12 އަދި ޒެފަރސް ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައިރު ވެސް ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ވަރަށް އެއްވަރުގެ ކުޅުމެކެވެ. ނަތީޖާއެއްގެ ގޮތުން ދެ ޓީމު ވެސް އޮތީ އެއްވަރުވެފައެވެ. މެޗުގެ ދެވަނަ ހާފު ފެށިގެން ކުޅެމުން ދިޔަވަރަކަށް ޒެފަސްއިން މެޗުގެ ކޮންޓްރޯލް ނަގައި ލީޑު ފުޅާކުރަމުން ދިޔައެވެ. 10-5 ން މެޗް ކާމިޔާބުކުރީ ޒެފަރސް ސްޕޯޓްސް ކްލަބެވެ. މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ޒެފަރސް ސްޕޯޓްސް ކްލަބްގެ ޖާޒީ ނަމްބަރު 7 މިޝްކާއެވެ.

your image

މިރޭ ކުޅެވުނު ދެވަނަ މެޗުގައި ބައްދަލުކުރީ ނޮރިންމަ އަދި ފަތްމިނި ޓީމެވެ. މި މެޗް 36-10ން ކާމިޔާބު ކުރީ ފަތްމިނި ޓީމެވެ.  މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފަތްމިނި ޓީމުގެ ޖާޒީނަމްބަރު 3 ޔުސްރާ ޔޫސުފެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ދާއޫދުބެގެ ދެމަފިރީންގެ ދީލަތި ދަތުރު
7 hours ago 0 Comments
ގާޒީ އުސްމާނު : އާއިލީގުޅުމުގެ ނަމޫނާ
1 week ago 0 Comments
ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދެކުނުކަންމަތިން ހޯދައިފި
2 weeks ago 0 Comments
ތުޅާދޫ ޔަންގް އީގަލް – ހޭންޑްބޯޅައިގެ އެހީތެރިޔާ
2 weeks ago 0 Comments