ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ކުޅިވަރު

ތުޅާދޫ ކަނބަލުންގެ ހޭންޑްބޯޅަ މުބާރާތް 2025 ކުރިއަށްދަނީ

ތުޅާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ "ތުޅާދޫ ކަނބަލުންގެ ހޭންޑްބޯޅަ މުބާރާތް 2025" ފެށިގެން ކުރިއަށް އެބަ ދެއެވެ.

ތުޅާދޫގެ އަންހެން ކަނބަލުންގެ މެދުގައި ހޭންޑްބޯޅައަށް ޝައުޤުވެރިކަން އިތުރުކުރުމުގެ ގޮތުން ކުރިއަށް ގެންދާ މި މުބާރާތުގައި ޖުމްލަ 6 ޓީމެއް ބައިވެރިވެފައިވާ ކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން މި ނޫހަށް މަޢުލޫމާތު ދީފައިވެއެވެ. މުބާރާތް ކުރިއަށް ގެންދަނީ 2 ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ގްރޫޕް އޭގައި ދެކުނު ކަންމަތި، އެފް 12 އަދި ޒެފަރސް ސްޕޯޓްސް ކްލަބް ވާދަކުރާ އިރު ގްރޫޕް ބީގައި ނޮރިންމަ، ރަނިކަނބާ އަދި ފަތްމިނި ހިމެނެއެވެ. 

މިގޮތުން މުބާރާތުގެ ފުރަތަމަ މެޗުގައި  ގްރޫޕް 1ގެ  ދެކުނު ކަންމަތި އަދި އެފް 12 ބައްދަލު ކުރި މެޗް ނިމިގެންދިޔައީ 51 - 2 ން ދެކުނުކަންމަތި މެޗް ކާމިޔާބުކޮށްގެންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދެކުނުކަންމަތި ޓީމުގެ ޖާޒީ ނަންބަރު 5، ޝަބާ ޔޫސުފެވެ.

your image

ދެވަނަ މެޗުގައި ގްރޫޕް 2 ގެ ރަނިކަނބާ އަދި ފަތްމިނި ބައްދަލުކުރި މެޗް 32 – 7 ން ފަތްމިނި ވަނީ މެޗް ކާމިޔާބު ކޮށްފައެވެ، މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފަތްމިނި ޓީމުގެ ޖާޒީނަމްބަރު 13 އަރުޝީއެވެ. 

ތިންވަނަ މެޗުގައި ޒެފަރސް އަދި ދެކުނު ކަންމަތި ބައްދަލު ކުރި މެޗް 37 – 7 ން ދެކުނުކަންމަތި މެޗް ކާމިޔާބު ކުރިއެވެ. މި މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ދެކުނުކަންމަތި ޓީމުގެ ޖާޒީ ނަމްބަރު 5 ޝަބާއެވެ.

ހަތަރުވަނަ މެޗުގައި ނޮރިންމައާއި ރަނިކަނބާ ބައްަދަލުކުރި މެޗު 10 – 7 ން ނޮރިންމަ މެޗް ކާމިޔާބު ކުރިއެވެ.  މި މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ނޮރިންމަ ޓީމުގެ ޖާޒީ ނަމްބަރު 8 ނަޢިމާާއެވެ.

your image

މުބާރާތުގައި މި ރޭ ވެސް 2 މެޗެއް ކުޅެވޭނެއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޒެފަރސް އާއި އެފް 12 އެވެ. ދެވަނަ މެޗުގައި ބައްަދަލުކުރާނީ ފަތްމިންޏާއި ނޮރިންމައެވެ.


ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ދާއޫދުބެގެ ދެމަފިރީންގެ ދީލަތި ދަތުރު
7 hours ago 0 Comments
ގާޒީ އުސްމާނު : އާއިލީގުޅުމުގެ ނަމޫނާ
1 week ago 0 Comments
ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދެކުނުކަންމަތިން ހޯދައިފި
2 weeks ago 0 Comments
ތުޅާދޫ ޔަންގް އީގަލް – ހޭންޑްބޯޅައިގެ އެހީތެރިޔާ
2 weeks ago 0 Comments