ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ޚަބަރު - ރާއްޖެ

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ ފައިނަލަށް ފިނާ ދަތުރުކޮށްފި

ރޭޑިއޯ ޕްރެޒެންޓަރުން އުފެއްދުމުގެ މަޤްސަދުގައި ދިވެހިރާއްޖޭގެ އަޑުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ ފައިނަލަށް ދަތުރު ކުރި ފަސް ބައިވެރީންގެ ތެރޭގައި ބ.ތުޅާދޫ ވައިޖެހޭގޭ އައިޝަތު ފިނާ ފިރާޤް ހިމެނިއްޖެއެވެ.

16 ބައިވެރިންނާ އެކު ފެށި ބެސްޓު ޕްރެޒެންޓަރ މުބާރާތުގެ ފައިނަލަށް ބައިވެރީން ހޮވުމަށް މިރޭ ބޭއްވި ޝޯވްގައި 3 ބައިވެރިއަކު މުބާރާތާ ވަނީ އަލްވަދާޢު ކިޔާފައެވެ. އެ ތިން ބައިވެރިންނަކީ ސޯބިރާ އިސްމާޢީލާއި ލުބުނާ ރަފީޢު އާއި އައިޝަތު ލަތީފެވެ. ގަދަ 8 ގައި ވާދަކުރި ބައިވެރީންގެ ތެރެއިން ފައިނަލަށް ދަތުރުކުރީ 5 ބައިވެރީންނެވެ. ފިނާގެ އިތުރުން ފައިނަލަށް ދަތުރުކޮށްފައިވަނީ އާމިނަތު އީނާސްއާއި ޢަލީ ޖައިޝަންއާއި ޢަލީ ހަސީންއާއި ލަޝަން މުޙައްމަދެވެ.

ފިނާއަކީ މުބާރާތުގެ ތާރީޚުގައި ފޭން ފޭވަރިޓް އެވޯޑް ޖެހިޖެހިގެން 3 ފަހަރު އުފުލައިލި ހަމައެކަނި ބައިވެރިޔާއެވެ. އަދި މި މުބާރާތުގައި މި ވަގުތު ހުރި ބ. އަތޮޅަށް ނިސްބަތްވާ ހަމައެކަނި ބައިވެރިއަކީ ވެސް ފިނާއެވެ. އަދި މިއީ މި މުބާރާތުގައި ތުޅާދޫގެ ބައިވެރިއަކު ފައިނަލަށް ދިޔަ ފުރަތަމަ ފަހަރެވެ. 

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ ފައިނަލަށް ފިނާ ދަތުރުކޮށްފި
11 hours ago 0 Comments
ގަދަ 10ން ވިދާލި ތުޅާދޫ ހަތަރު ތަރި
1 day ago 0 Comments
ތުޅާދޫގައި މަދިރި އާލާވުން އިތުރުވާތީ ރަށުތެރެ ފޮގުކުރަން ފަށައިފި
2 days ago 0 Comments
ތުޅާދޫގައި ރޯގާއެއް ފެތުރޭތީ ސްކޫލަށް ހާޒިރުވެގެން ކިޔެވުން މެދުކެނޑުމަކަށް
4 days ago 0 Comments